މަޓީގެ ޗެއާމަންއަކަށް ޗަމްޕާ ހުސައިން އަފީފް

ދަޕްރެސް

15 ފެބްރުއަރީ 2026 | އާދިއްތަ | 4:52

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުސްވެފައިވާ ޗެއާމަންގެ މަގާމަށް ހުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކޮށްފި އެވެ.

އަފީފު އެ މަގާމަށް އައްޔަން ކުރެއްވީ މަޓީގެ ފައުންޑިން މެންބަރު އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީ އެމްޔޫ މަނިކު މިދިޔަ އަހަރު އަވަހާރަވުމަށްފަހު އެ މަގާމު ހުސްވެފައި ވުމާއެކުއެވެ.

އޭނާ މީގެ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގައި ނަމަވެސް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ މަޓީގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައެވެ.

މައުޟޫޢުތަށް