ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު މަގު ހަދައި އާންމުންނަށް ހުޅުވާލައިފި

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 8:46

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަމުންދާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.

މިކަމާ ބެހޭ ގޮތުން އެކްސް ގައި ޕޯސްޓްކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެސަރަހައްދުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ގޮތުގައި އިއްޔެ ވަނީ ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

މައުޟޫޢުތަށް