ކުރިއަށް އޮތް 5 ދުވަހުވެސް، ދުންފުހުގެ އަސަރުކޮށް ރާއްޖޭގެ ވަކި ނުސާފުވާނެ: މެޓް

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 10:58

ކުރިއަށް އޮތް 5 ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖޭގެ މަތީގައި ހުންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަަކަށް ދުންފުހުގެ އަސަރު ކުރަމުން އަންނަކަމަށާއި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށްވުރެ ދަށުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.

މައުޟޫޢުތަށް