ރޯދަ މަހަށް ހާއްސަކޮށް ފޭސް 2 ގައި ގާއިމްކުރި މާރުކޭޓު ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުވަނީ
ދަޕްރެސް
16 ފެބްރުއަރީ 2026 | ހޯމަ | 11:59
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ރޯދަ މާރުކޭޓު، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީން) ބުނެފިއެވެ.
ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައި ތަރައްގީކޮށްފައިވާ ރޯދަ މާރުކޭޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހަދާފައިވާ ވަގުތީ މާރުކޭޓެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ހުޅުމުށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ، މާރުކޭޓުން ގޮޅި ދޫކުރުމުގައި ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ.އެޗްޑީސީން ބުނީ އެ މާރުކޭޓުން ގޮޅި ދޫކުރާނީ، ކުލި ދައްކަންޖެހޭ ގޮތަށް ނޫންކަމަށެވެ.