4 އަހަރުގެ ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސައީދު ގޭ ބަންދަށް ބަދަލުކޮށްފި

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 6:30

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސައީދު ވަނީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިރު އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ސައީދުގެ ސިއްހީ ހާލަތާ ހުރެ އިއްޔެ ވަގުތީ ގޮތުން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް