ހިޔާ ޓަވަރުތަކުގައި ހުރި ބާ އޭސީ އައުޓްޑޯތައް އާ ކުރަން އަނެއްކާވެސް އެޗްޑީސީން އެދިއްޖެ

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 7:06

ހިޔާ ފްލެޓުތަކުގެ އޭސީ އައުޓްޑޯ ޔުނިޓު ހަރުކޮށްފައިވާ ބްރެކެޓުތައް ރަނގަޅު ކުރުމަށް އަނެއްކާވެސް ހައުސިންގް ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އެދެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހަރުކޮށްފައިވާ ބައެއް އޭސީ އައުޓްޑޯ ޔުނިޓުތަކުގެ ބްރެކެޓްތައް ބާވެ ރަނގަޅު ކުރުމަށް މީގެ ކުރިން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދެފައެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ބުނީ، އޭސީ އައުޓްޑޯ ޔުނިޓްތައް ހަރުކޮށްފައިވާ ބްރެކެޓުތަކުގައި ދަބަރު ޖަހާ ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ ތަކުރާރުނުވެ ދިގު މުައްދަތަކަށް މައްސަލަ ނުޖެހި އެތެކަތި އާ ކުރުމުގައި ދަބަރު ނުޖަހާ ފެންވަރުގެ ބްރެކެޓު ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

މައުޟޫޢުތަށް