ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެ: ޕެންޝަން އޮފީސް

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 7:44

ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ޕެންޝަނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ގޮތުން ފިނޭންންސް މިނިސްޓްރީ އަދި މީރާއާއެކު މަޝްވަރާ ކޮށްފައެވެ.

މި ޖަލްސާގައި ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ ވިދާޅުވީ ގެންނަ މި އިސްލާހަކީ ރަނގަޅު އިސްލާހެއްކަމަށެވެ. ސަބަބެއްކަމުގައި ފިކުރީ ވިދާޅުވީ ޕެންޝަން ފަންޑުގެ މައިގަނޑު މަގްސަދަކީ ރިޓަޔާމެންޓަށް ފައިސާ އެއްކޮށްފައި ބެހެއްޓުން ކަމަށެވެ. އަދި އެއަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ހުރެފައި އެހެން އިސްލާހުތައް ގެނައުމަކީ ރަނގަޅު ކަމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް