ފަލަސްތީނުގެ ބިންތައް މިލްކުކުރަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

ދަޕްރެސް

16 ފެބްރުއަރީ 2026 | ހޯމަ | 9:03

ހުޅަނގުގެ އައްސޭރިން ހިފާފައިވާ ބިންތައް އިޒްރޭލު ދައުލަތުގެ މިލްކިއްޔާތަކަށް ހެދުމަށް އެ ގައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ ދައުލަތުގެ މިލްކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިޒްރޭލުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ހިންގާ ބައިނަލްއަގުވާމީ ގޮތުން މަނާ އިސްތިއުމާރީ ސިޔާސަތުތަކުގެ ފުޅާކުރުމެއް ކަމަށެވެ.

މައުޟޫޢުތަށް