"ވަހީ އަންނަ" ކަމަށް ބުނެ، ޓިކްޓޮކްގައި ވާހަކަދެއްކި ދިވެހި ފިރިހެންމީހާއަށް ފިޔަވަޅު އަޅަން އެދިއްޖެ

ދަޕްރެސް

17 ފެބްރުއަރީ 2026 | އަންގާރަ | 9:46

އިސްލާމްދީނަށް ފުރައްސާރަކޮށް ޓިކްޓޮކް ޕްލެޓްފޯމްގައި ވާހަކަ ދެއްކި ދިވެހި ފިިރިހެނެއްގެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފިރިހެނަކު ދަނީ ތަކުރާރުކޮށް އިސްލާމް ދީނަށް ހަޖޫ ޖަހާ ކީރިތި މާތް ނަބިއްޔާއަށް ކުޑަ މީސްކޮށް ވާހަކަ ދައްކާފައިވާ ވީޑިއޯތައް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓު ކުރަމުންނެވެ.

ރާއްޖެއިން ބޭރު ގައުމެއްގައި ހުރެގެން އެ މީހާ ޕޯސްޓު ކުރާ ވީޑިއޯތަކުގައި އޭނާ ވަނީ ވަރަށް ބޮޑަށް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.

މައުޟޫޢުތަށް