ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ދަޕްރެސް

17 ފެބްރުއަރީ 2026 | އަންގާރަ | 11:34

ޗައިނާގެ އާ އަހަރުގެ އުފާވެރި މުނާސަބަތާ ގުޅިގެން، އެ ގައުމުގެ ލީޑަޝިޕަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކިއަންގްގެ އިތުރުން ޗައިނާ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސްގެ އެ މެސެޖުގައި ޗައިނާއިން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ އާދަޔާ ހިލާފު ކުރިއެރުންތަކަށް ތައުރީފު ކުރެއްވިއެވެ. އަދި ޗައިނާގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު އުޖާލާ ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް