އަލަށް ގެނައި 20 ރުފިޔާ އާއި 100 ރުފިޔާގެ ނޫޓުތައް ދައުރު ކުރަން ފަށައިފި
ދަޕްރެސް
17 ފެބްރުއަރީ 2026 | އަންގާރަ | 12:56
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިއީ، އިގްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބާވެ ހަލާކުވެފައިވާ ނޫޓުތަށް އާ ކުރުމަށް ނެރޭ ބެޗެކެވެ. މި ނޫޓުތައް ދައުރުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
މީގެ ތެރޭގައި ހިމެނެނީ މި އަހަރުގެ ފެބުރުއަރީ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، ފެބުރުއަރީ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ. މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގްތިސާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.