މައުމޫން ވިދާޅުވަނީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް

ދަޕްރެސް

17 ފެބްރުއަރީ 2026 | އަންގާރަ | 4:46

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަަކަށް ވާނީ މާދަމާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާއަކީ މުލަ ރޯދައެވެ. އަދި ރޯދަ މަހުގެ އެންމެ ފަހު ދުވަހަކީ މާޗް މަހުގެ 19 ވަނަ ދުވަހެވެ.

މައުޟޫޢުތަށް