ރޯދަ މަހު ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭނެ ގަޑިތައް އާންމުކޮށްފި
ދަޕްރެސް
17 ފެބްރުއަރީ 2026 | އަންގާރަ | 4:48
މާލެ ސަރަހައްދުގައި ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާ، ބަރު އުޅަނދުތައް ދުއްވުމާ އަދި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ވައްތަރެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.