ރޯދަ މަހު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އިސްލާމީ އާދަތަކަށް އިހްތިރާމްކުރުމަށް އެދިއްޖެ
ދަޕްރެސް
18 ފެބްރުއަރީ 2026 | ބުދަ | 10:59
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމު ކުރެއްވުމަށް މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު 'އެކްސް'ގައި ހިއްސާކުރެއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކަށް އިހްތިރާމް ކުރުމަށް އެދިފައެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ، އަދި އިސްލާމްދީނަށް ދިވެހިންކުރާ އިހުތިރާމާ، ގަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދޭއިރު އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ހިދުމަތް ދިނުމަށް ވަނީ އެދިފައެވެ.