ހޭންޑީ ވޯޓާ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރަން އަންގައިފި
ދަޕްރެސް
17 ފެބްރުއަރީ 2026 | އަންގާރަ | 6:37
ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާތީ އެ ފެން ބޭނުން ނުކުރުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހޭންޑީ ވޯތާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 500 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކުން ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ވަނީ ފެނިފައި ކަމަށެވެ.
އެ ފެންފުޅިތަކުގެ ތަހުލީލު ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.