ސައުދިއަރަބިއްޔާ އަށް ހަނދު ފެނިއްޖެ، މާދަމާ އަކީ ރޯދަ
ދަޕްރެސް
17 ފެބްރުއަރީ 2026 | އަންގާރަ | 7:52
ސައުދި އަރަބިއްޔާއަށް ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެ ގައުމުން ކަނޑައަޅައިފިއެވެ.
ސައުދީއަށް ހަނދު ފެނިފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފައި ވުމާއެކު މި އަހަރުގެ ފުރަތަމަ ރޯދައަކީ ފެބްރުއަރީ 18 ވާ ބުދަ ދުވަހެވެ.
ރޯދަ މަހަކީ ރާއްޖޭގައި އިހުއްސުރެ ހަނދު ބަލައިގެން ފާހަކަ ކުރަމުން އަންނަ މަހެކެވެ. ހަނދު ބެލުމުގައި އާންމުކޮށް އަމަލު ކުރަމުން އައި ގޮތަކީ، ޝައުބާން މަހުގެ ފަހު ދުވަހު އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ، ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ރޯދަ ހިފަން ފަށާ ގޮތަށެވެ.