މާދަމާ އަކީ މުލަރޯދަ ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

ދަޕްރެސް

17 ފެބްރުއަރީ 2026 | އަންގާރަ | 8:35

މާދަމާ އަކީ މުލަ ރޯދަކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 18 ފެބްރުއަރީ ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށެވެ. މިފަދައިން ކަނޑައަޅާފައިވަނީ މިރޭ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ހަނދު ސާބިތުވިކަން އިއުލާންކުރައްވާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން ވިދާޅުވީ ހިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނުނުކަން ޝަރްއީ ހަމަތަކުން ސާބިތުވާ ކަމަށެވެ.

މައުޟޫޢުތަށް