1400 މީހުންގެ ޖާގައިގެ ބަރުބަރީ މިސްކިތް ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި
ދަޕްރެސް
18 ފެބްރުއަރީ 2026 | ބުދަ | 7:26
މަސްޖިދު ޔޫސުފުލް ބަރްބަރީ ނުވަތަ ބަރުބަރީ މިސްކިތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އަމިއްލަ ފަރާތަކާއި ހަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްގީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައިކަމަށާއި، މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އަދި މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަހައްދުތައް ބަލައްވާލައްވާފައިކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.