އައްޑޫ މީދޫ: ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންގެ މުހިއްމު މަރުކަޒުތައް ގާއިމުކުރި ރަށެއް!

ދަޕްރެސް

25 ފެބްރުއަރީ 2026 | ބުދަ | 1:10

އައްޑޫ ސިޓީގެ ތާރީހާއި ދެވަނަ ބޮޑު ހަނގުރާމައާއި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މި ހަނގުރާމައިގެ އަސަރު އޭޝިއާ ސަރަހައްދަށް ކުރުމުގެ ކުރިން 1941 ގެ ސެޕްޓެމްބަރު މަހު އިނގިރޭސި ކަނޑުގެ ސިފައިންގެ މަރުކަޒެއް އައްޑޫ ސިޓީ ގަމުގައި ގާއިމު ކުރިއެވެ. ޕޯޓް ޓީގެ މައި މަރުކަޒު ގަމުގައި ހުރިއިރު އައްޑޫގެ އެހެން ބައެއް ރަށް ރަށުގައިވެސް ހަނގުރާމައަށް ބޭނުންވާ ބައެއް މަރުކަޒުތައް ގާއިމު ކުރިއެވެ.

އެ ގޮތުން މީދޫ މާއެޅެ ސަރަހައްދުގައި ގާއިމު ކުރި ޑިފެންސް ޕޯސްޓަކީ ގަން ފިޔަވައި ދެން އެންމެ ގިނަ ސިފައިން ތިބި އަދި އެންމެ ގިނަ ހަތިޔާރު ބެހެއްޓި ތަނެވެ. އޭޝިއާގެ އިރުމަތިން އަތޮޅާއި ކައިރި ކުރާ ބަޔަކަށް ހަމަލަދޭން އެންމެ އެކަށީގެންވާ ތަނަކީ މާއެޅެ ކަމުގައިވުމުން އެތާނގައި ދެ ބޮޑުބަޑި އާއި ބިންގަރާސްތައް ގާއިމުކުރިއެވެ.

އެތަނުގައި ގާއިމުކުރީ ބިންގަރާހުގެ ސީދާ އަދަދު ނޭގުނަސް 1970 ވަނަ އަހަރާ ޖެހެންދެން އެ ސަރަހައްދުގައި ތިން ބިންގަރާސް ފެންނަން ހުޓެވެ. އެ ގޮތުން އެ ތަނުން ދެ ބިން ގަރާހަކީ ހޭޅިފަށުން ފެށިގެން ތަންކޮޅެއް އެތެރެއަށް އެއްގަމުގައި ހަދާފައި ހުރި ބިންގަރާސްތަކަށް ވާއިރު މިދެ ބިންގަރާހަކީ ބަޑިބޭހާއި އެހެނިހެން ހަތިޔާރުތައް ރައްކާތެރިކަމާއެކު ގުދަނަކަށް ބޭނުންކުރި ތަންތަނެވެ.

މައުޟޫޢުތަށް