ފެންފުޅިތަކުގައި ޖަރާސީމު ހުރި ސަބަބު ދެނެގަންނަމުންދާ ކަމަށް ހޭންޑީ ވޯޓާއިން ބުނެފި

ދަޕްރެސް

19 ފެބްރުއަރީ 2026 | ބުރާސްފަތި | 11:41

ބިއްލޫރި ފެންފުޅި ތަކުގައި ޖަރާސީމު ހުރި ސަބަބުން ދެނެގަންނަމުންދާ ކަމަށް ހޭންޑީ ވޯޓާއިން ބުނެފިއެވެ.

އިއްޔެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާތީ އެ ފެން ބޭނުން ނުކުރުމަށް އަންގާފައެވެ.

އެމްއެގްޑީއޭއިން ބުނި ގޮތުގައި ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 500 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކުން ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ. އެ ފެންފުޅިތަކުގެ ތަހުލީލު ނަތީޖާ ދައްކާ ގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

މައުޟޫޢުތަށް