ނަވީން ރިޓަޔާ ކުރެއްވުމުން، ފުލުހުންގެ އިދާރާ ވަގުތީގޮތުން ހިންގުން ފަރުހާދާ ހަވާލު ކުރައްވައިފި
ދަޕްރެސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 11:43
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އޭނާ ހުންނެވި މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދާ ހަވާލު ކުރައްވައިފިއެވެ.
ފުލުހުން ބުނީ، އިއްޔެއިން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ނަވީން ރިޓަޔާ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން އިއްޔެ ފެށިގެން އެ ހިދުމަތް ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.