ރޯދައަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމްކުރި ވަގުތީ މާރުކޭޓު ހުޅުވައިފި
ދަޕްރެސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 1:45
ރަމަޟާން މަހަށް ހާއްސަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ "ރޯދަ މާރުކޭޓު" މިއަދު ހުޅުވައިފިއެވެ.
މިއީ، މި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީކުރި މާރުކޭޓެކެވެ.
އެގޮތުން މި މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.