ވައިނުސާފު މިންވަރު އެލާޓުގައި، ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ދަޕްރެސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 2:20
އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން ވައިނުސާފުވެފައިވާތީ މިކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭ އިން ވަނީ މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ނުސާފު ވައިގެ އަސަރުކުރާނެ ކުރާނެކަން ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ"އިން ފެންނަ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިއަދު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 57 މައިކްރޯ ގްރާމް ކަމަށްވާއިރު އެ ލެވެލްއަކީ އޮރެންޖު އެލާޓް ހިމެނޭ ލެވެލްއެވެ.