ޕީއެންސީ ޑޯޓުޑޯ ކެމްޕެއިން: މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ރައީސް މުއިއްޒު ވަޑައިގެންފި
ދަޕްރެސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 8:48
ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޕީއެންސީން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފައި ވަނީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެއެވެ.
މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މަގުމަތިން ވެސް ގިނަ އަދަދެއްގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.