ދެ އިންތިހާބު އެއްކޮށްލުމުން ދައުރެއް ނިމެންދެން ތިބެންޖެހޭނީ އަނގަ ބަންދުކޮށްގެން: ޝާހިދު

ދަޕްރެސް

20 ފެބްރުއަރީ 2026 | ހުކުރު | 12:54

ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބަސް އިއްވަން ލިބޭ ދެ ފުރުސަތު ހަނިކޮށްލުން ކަމަށާއި 5 އަހަރުވަން ދެން ރައްޔިތުން ތިބެން ޖެހޭނީ އަންގަބަންދުކޮށްގެން ކަމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވަނީ ބަހުސް ކޮށްފައެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކުރާ ކަމަށެވެ.

މިއީ ނިޒާމީ ގޮތުން ވަރަށް ބޮޑަށް އޮޅުވާލުމަށް ހިންގާ އަމަލެއް ކަަމަށާއި އިންތިހާބުތައް އެއްކޮށްލުމަށް ރިފަރެންޑަމް އެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ތަޅުމުގައި ތިބި އިދިކޮޅު މެންބަރުން ނެރުމަށް ފަހުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ކަން މިހެން ހިނގާފައިވާ އިރު މިއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މައުޟޫޢުތަށް