ޑޮމެސްޓިކް އޮޕަރޭޝަން ޓާމިނަލް 2އަށް ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރަން ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: ޝަރީފް

ދަޕްރެސް

20 ފެބްރުއަރީ 2026 | ހުކުރު | 2:22

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ ވީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ވަނީ ހާއްސަ ރސްމިއްޔާތެއ ބާއްވާފާއެވެ. އެ ރަސްމިއްޔާތުގައ ވާޙަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ.

އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމްޑީ ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

މައުޟޫޢުތަށް