އެމްޑީޕީއަކީ އިގްތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން، އެ ޕާޓީގެ އާ ވިސްނުމެއް ނެތް: ސައީދު
ދަޕްރެސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 11:19
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 15 ދުވަހުގެ ކާބޯތަކެތި ނުވަތަ ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާ ވެސް ރާއްޖޭގެ ރިޒާވުގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާއިރު އެއީ އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން ކަމަށެވެ.
އެމްޑީޕީގެ އިސް ސަފުން އަދިވެސް ފެންނަނީ އޭރު އިގުތިސާދަށް ގެއްލުން ދިން ބޭފުޅުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް ދަށްކުރީ އެ ޕާޓީން ކަމަށެވެ.