ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި، މި މަހު 23 ގައި ޓޯކުރާނެ

ދަޕްރެސް

21 ފެބްރުއަރީ 2026 | ހޮނިހިރު | 2:59

ގަވައިދާ ހިލާފަށް މާލޭގެ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް މާދަމާ ރޭ 11:30 ގެ ކުރިން ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ، މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި ޒޯން ފިޔަވާ އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން، މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޓޯ ކުރަމުން ދާނެ ކަމަށެވެ. އެ އުޅަނދުތައް ޓޯ ކުރަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ފުލުހުން ކަނޑައަޅާ ތަނަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް މާދަމާ ރޭގެ 11:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފައެެވެ. އެ ތާރީހުގެ ފަހުން މަތީގައި ބަޔާންކޮށްފައިވާ ފދަ އުޅަނދުތައް ޓޯކޮށް ފުލުހުން ވަކި ތަނަކަށް އެ އުޅަނދުތައް ގެންދާނެ ކަމަށް ބުނެފައި ވެއެވެ. އަދި މިގޮތަށް ޓޯ ކުރާ އުލަނދު ފުލުހުން ބަހައްޓާ ތަނެއްގައި ހުންނަ އިރު ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް