ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި، 5 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް
ދަޕްރެސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 3:12
ހުޅުމާލޭގައި ވަން އެވެނިއުގެ 7 ވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 5 މީހަކަށް ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މި އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ ރޭ 11:00 ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަން އެވެނިއުގެ 7 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނަދާފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން 5 މީހަކަށް ބޯހިޔާވަހި ކަން ފޯރުކޮށްދީފައިވާ އިރު، އޭގެތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.