އިންތިހާބުގައި ވޯޓު ލާ ތަން ބަދަލުކުރަން ބޭނުންވާ ނަމަ ދެން ބާކީ އޮތީ 1 ދުވަސް

ދަޕްރެސް

21 ފެބްރުއަރީ 2026 | ހޮނިހިރު | 4:13

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް ފުރަތަމަ ހުޅުވާލީ ފުރުސަތު ހަމަވެފައި ވަނީ މި މަހުގެ 16 އަށެވެ. އެއަށް ފަހު ދެ އިންތިހާޞު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ވެސް ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ނަގަން ނިންމުމާއެކު ރީރެޖިސްޓްރީ ކުރުމަށް މި ވަނީ މި މަހުގެ 18 އިން ފެށިގެން 22 ވަނަ ދުވހުގެ މެދުރު ފަހު 3:00 އަށް ހުޅުވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީގައި އެމީހެއްގެ ވޯޓުލާ ތަން ކަމަށް ރަޖިސްޓަރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމުގައި ވެސް އީސީން ބުނެއެވެ.

މައުޟޫޢުތަށް