މީހަކު ރަހީނުކުރި މައްސަލައެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
ދަޕްރެސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 4:45
މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މީނާ ހައްޔަރުކޮށްފައި ވަނީ ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން ކުރި ތަހުގީގީ މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ބަހައްޓާފައި ހުރި ތަން ދެނެގަނެ އަތަނަށް ވަދެފައި ވަނީ ފުލުހުން ބާރުގެ ބޭނުން ކޮށްގެން ކަމަށް ވެއެވެ. އަދި އެރޭ ދަންވަރު 02:29 އެހައިކަންހާއިރު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި، ސަލާމަތްކުރި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.