އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފި

ދަޕްރެސް

21 ފެބްރުއަރީ 2026 | ހޮނިހިރު | 11:16

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިންކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސަލިއުޓެއް އަރުވާފައިވާކަމަށެވެ.

މައުޟޫޢުތަށް