ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
ދަޕްރެސް
22 ފެބްރުއަރީ 2026 | އާދިއްތަ | 9:35
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފުލުހަށް ހާޒިރުވެއްޖެ އެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
އަދި އިއްޔެ ރޭ އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު ފުލުހުން ބުނީ އިމްތިޔާޒް ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓު ކުރީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.