ޕާކިސްތާނުގައި ބޮން ގޮއްވުމުގެ ބަދަލުހިފަން އެގައުމުން އަފްގާނިސްތާނަށް ހަމަލާދީ 17 މީހަކު މަރާލައިފި
ދަޕްރެސް
22 ފެބްރުއަރީ 2026 | އާދިއްތަ | 11:22
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުރި މިސްކިތަކަށް ހުކުރަށް ދިޔަ ބަޔަކަށް އަމާޒުކޮށް ޖާނުން ފިދާވެ ދިން ހަމަލާއެއްގެ ބަދަލު ހިފަން ޕާކިސްތާނުން އަފްގާނިސްތާނަށް ހަމަލާ ދީފިއެވެ.
އަފްގާނިސްތާނާއި ޕާކިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގެ ސިޓީއެއް ކަމަށް ވާ ނަންގަހާރުގެ މަގާމަކަށް އަމާޒުކޮށް ޕާކިސްތާނުން ދިން ހަމަލާ އަރާފައިވަނީ ސްކޫލަކަށާއި އާންމުން ދިރިއުޅޭ ގެތަކަކަށް ކަމަށް އަފްގާނިސްތާނުގެ ދިފާއީ ވުޒާރާއާ ހަވަލާދީ ހަބަރުތައް ބުނެއެވެ.
ޕާކިސްތާނުން ބުނެފައިވަނީ މި ހަމަލާ ދިނީ، ޓެރަރިސްޓުން ފިލާ ތިބި މަގާމުތަކަކަށެވެ. އަދި ހަމަލާ ދީފައިވަނީ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކަމަށްވެސް ބުނެފައި ވެއެވެ.