ޗާގޯސްއަށް ދިޔުން ހުއްޓުވަން އިނގިރޭސިވިލާތުން ރާއްޖޭގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާ ކަމުގެ ތުހުމަތު!

ދަޕްރެސް

22 ފެބްރުއަރީ 2026 | އާދިއްތަ | 11:49

ޗާގޯސްއަށް ދިޔުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ރާއްޖޭގެ ރައީސަށާއި ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށް، އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ތުހުމަތު ކުރައްވައިފިއެވެ.

ފަރާޖް މިފަދަ ތުހުމަތެއް ކުރައްވާފައި ވަނީ، މިދިޔަ ހަފްތާގައި ފޯޅަވަހީގެ "އިލް ޑު ކޮއިން" އަތޮޅަށް އެނބުރި ދިޔަ ހަތަރު ވަޒަންވެރިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމާ ގުޅިގެންނެވެ. ފަރާޖް ވިދާޅުވި ގޮތުގައި، އޭނާ ޗާގޯސްއަށް ދަތުރުކުރަން އޮތް ބޯޓަށް އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ހައި ކޮމިޝަނުންނާއި ސަރުކާރުން ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

ދަ ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އޭނާ ޗާގޯސްއަށް ވަޑައިގަތުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާކަން ރާއްޖޭގެ ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

މައުޟޫޢުތަށް