އޮންލައިންކޮށް ޒަކާތް ދެއްކަން އުނދަގޫ ފަރާތްތަކަށް، ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ދެއްކޭނެގޮތް ހަދައިފި

ދަޕްރެސް

22 ފެބްރުއަރީ 2026 | އާދިއްތަ | 1:34

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 22 ވަނަ ދުވަހުން ފެށިގެން މާޗް 9 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށެވެ. އަދި މާޗް 10 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް