މާދަމާއިން ފެށިގެން ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯކުރާނެ: ފުލުހުން

ދަޕްރެސް

22 ފެބްރުއަރީ 2026 | އާދިއްތަ | 1:56

މާދަމާއިން ފެށިގެން މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް، ނަގަމުންދާނެ ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކުގެ އިތުރުން އޭ ޒޯން ފިޔަވާ އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ޓޯ ކުރަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް، މިމަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ ތާރީހުގެ ފަހުން މާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކޮށް ވަކި ސަރަހައްދަކަށް ގެންދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް