ފާއިތުވި 48 ގަޑިއިރުތެރޭ ކުށްކުރާ އެކި ހޮޓްސްޕޮޓް ސަރަހައްދުތައް ފުލުހުން 423 ފަހަރު ބަލާފާސްކޮށްފި

ދަޕްރެސް

23 ފެބްރުއަރީ 2026 | ހޯމަ | 11:22

ކުށްމަދު އަމާން މުޖްތަމައުއަކަށް ހަދަން ފުލުހުން ކުރި މަސައްކަތުން ފާއިތުވި 48 ގަޑިއިރު ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 400 އަށްވުރެ ގިނަ ފަހަރު ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ 21 އަދި 22 ފެބްރުއަރީގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މިއީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ.

ދާދި ފަހުން މި ސަރުކާރުން ވަނީ ގޭންގް ކުށްތައް ހުއްޓުވުމަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ވުޖޫދަށް ގެނެސްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާގޮތުން ވަކި ޖަމާޢަތަކާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

މައުޟޫޢުތަށް