ޖޭއެސްސީގެ މެންބަރު ކަމަށް ފަނޑިޔާރު ޝަފީއު އަދި އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކޮށްފި

ދަޕްރެސް

23 ފެބްރުއަރީ 2026 | ހޯމަ | 12:16

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖޭއެސްސީގެ މެންބަރު ކަމަށާއި އީސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް ހަސަން ޝަފީއުއެވެ.

ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ 4 އޮކްޓޯބަރު 2020 ގައެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު ޝަފީއު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައެވެ.

މައުޟޫޢުތަށް