މުސްލިމް 4 ކުދިން ނަމާދުކުރާ ތަން ފެނި މި ޓީޗަރު ފެށީ ރޯން!
ދަޕްރެސް
23 ފެބްރުއަރީ 2026 | ހޯމަ | 2:04
އެމެރިކާގެ ސްކޫލެއްގައި މުސްލިމް ކުދިންތަކެއް ނަމާދު ކުރާ ތަން ފެނުނު ކުރެވުނު އިހްސާސްތައް ކިޔާދީ ޓީޗަރެއް ހެދި ވީޑިއޯ ވައިރަލްވެއްޖެއެވެ.
މެދު އުމުރަށް ދާ އަންހެން ޓީޗަރެއް އަމިއްލަ އަށް ކުރި ވީޑިއޯގައި އޭނާ ކިޔާ ދިން ގޮތުގައި އޭނާގެ އޮންލައިން ކްލާސްގެ ކުދިން އިންޓަވާލް ގަޑި ޖެހުމުން އޭނާ ކުޑަ އިރުކޮޅަކަށް ޑެސްކާ ދުރަށް ޖެހެލިކަމަށެވެ. ކްލާސް ރޫމްގެ ބޭރުން ހޯލުގެ ތެރޭގައި ބަޔަކު އުޅޭ އަޑު އިވިގެން ބެލި އިރު ރަމަޟާން މަހުގެ ރޯދައަށް ތިބި މުސްލިމް ހަތަރު ކުދިން ނަމާދުކުރާނެ ތަނެއް ހޯދަނީއެވެ.
އެ ޓީޗަރުގެ ކޮޓަރި އެގަޑީގައި ހުސްކަން އެނގެ ތިބެ އެތަނުގައި ނަމާދު ކުރެވޭނެ ތޯ އެކުދިން އެހި ކަމަށް ޓީޗަރު ކިޔާ ދިނެވެ. އަދި އާއްމުކޮށް އެކުދިން ނަމާދުކުރާނީ އެހެން ޓީޗަރެއްގެ ކްލާހުގައި ކަމަށާ އެހެން ނަމަވެސް އެދުވަހު އެޓީޗަރު ސްކޫލަށް ނާންނާތީ ޓީޗަރުގެ ކްލާހުގައި ނަމާދު ކުރުމަށް ހުއްދަ ދިން ކަމަށް ބުންޏެވެ.