ގަމުގެ ބްރިޓިޝް ވާ މެމޯރިއަލް: އައްޑޫގެ ތާރީހުގެ ތެރެއިން ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތައް

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 10:30

އައްޑޫ ސިޓީ ގަމަކީ ދިވެހިރާއްޖޭގެ ތާރީހުގައި، ހާއްސަކޮށް ވިހިވަނަ ގަރުނުގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ގަން ބޭނުންކުރުމަކީ އެ ރަށުގެ އާސާރީ އަދި ތާރީހީ ސޫރަ މުޅިން ބަދަލުކޮށްލި ކަމެކެވެ. މިގޮތުން ގަމުގައި ހުރި އެންމެ މުހިންމު އެއް ބިނާއަކީ "ބްރިޓިޝް ވާ މެމޯރިއަލް" ނުވަތަ އިނގިރޭސި ހަނގުރާމައިގެ ހަނދާނީ ބިނާއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރު އިނގިރޭސި ރޯޔަލް އެއާ ފޯސް އިން އައްޑޫގައި "ޕޯޓް ޓީ" ގެ ނަމުގައި ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކުރިއެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި އިނގިރޭސި އިސްތިއުމާރީ ބާރުތަކުގެ މެދުގައި މުވާސަލާތީ ގުޅުންތައް ދެމެހެއްޓުމަށް ގަމަކީ ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ތަނަކަށް ވިއެވެ.

މި މަރުކަޒުގައި ހިދުމަތް ކުރަމުންދަނިކޮށް، ހަނގުރާމައިގެ ތެރޭގައާއި އެކި އެކި ބަލިމަޑުކަމުގައި މަރުވި އިނގިރޭސި ސިފައިންގެ ހަނދާނުގައި މި ބިނާ ބިނާކުރެވުނެވެ.

މައުޟޫޢުތަށް