ފ އަދި ދ އަތޮޅަށް ފެށި އާރުޓީއެލް ހިލޭ ފެރީ ދަތުރުތައް ނިންމައި ޓިކެޓް ވިއްކަނީ

ދަޕްރެސް

23 ފެބްރުއަރީ 2026 | ހޯމަ | 8:39

ފ އަދި ދ އަތޮޅަށް ފެށި ހިލޭ އާރުޓީއެލް ފެރީ ދަތުރުތައް މާދަމާ އަށް ނިންމައި، ފެޓީ ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ފ އަދި ދ އަތޮޅަށް އާރްޓީއެލް ހިދުމަތް ފެށުމަށްފަހު، އަޖުމަ ބެލުމުގެ ގޮތުން ހިލޭ ދަތުުރުތައް ހަމަޖައްސާފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން މިމުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިއާއެކު، މިހަފްތާގެ ބުދަ ދުވަހުން ފެށިގެން، ފ އަދި ދ އަތޮޅުގެ އާރްޓީއެލް ފެރީގައި ދަތުރުކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް ދަތުރުކުރެވޭނީ ޓިކެޓް ބައްލަވައިގަތުމުންކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ހޯދުމަށް އެކަމަށް ހާއްސަ އާރްޓީއެލް ވެބްސައިޓް އަދި އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު ޓިކެޓް ގަނެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް