ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި

ދަޕްރެސް

23 ފެބްރުއަރީ 2026 | ހޯމަ | 9:37

އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ބައިނަލްއަގްވާމީ މަސްރަހުގައި ހުރިހާ ގައުމެއްގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ދެއްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި މިއަދު ތަގްރީރު ކުރައްވައެވެ.

މިނިސްޓަރުގެ ތަގްރީރުގައި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ހައްގުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުސޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެއްކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

މައުޟޫޢުތަށް