ބާޒާރުމަތިން: ރޯދަ މަހުގެ 7 ދުވަސްތެރޭ ކަރާ، ކުރުނބާ އަދި އޮރެންޖުގެ އަގުތައް އުފުލިއްޖެ

ދަޕްރެސް

24 ފެބްރުއަރީ 2026 | އަންގާރަ | 1:16

ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ވިއްކަމުންދާ މޭވާ އާއި ތަރުކާރީގެ ތެރެއިން ކަރާ، ކުރުނބާ އަދި އޮރެންޖުގެ އަގުތައް އުފުލިއްޖެއެވެ.

ރޯދަ މަހު ލޯކަލް މާރުކޭޓްގައި މޭވާ އާއި ތަރުކާރީ ވިއްކަމުންދާ އަގުތައް 'ދަ ޕްރެސް' ޓީމުން މި ވަނީ މިއަދު ބަލާލާފައެވެ. މިއަދު ބާޒާރުމަތީގެ އަގުތަކަށް ބަލާލާއިރު، ރޯދަ މަސް ފެށުނު އިރު އެންމެ ގިނައިން މީހުން ގަންނަ މޭވާތަކުގެ ތެރެއިން، އޮރެންޖްގެ އަގު މި ވަނީ ރޯދަ މަސް ފެށުނު އިރަށް ވުރެ ބޮޑުވެފައެވެ. އެ ގޮތުން މިހާރު އޮރެންޖް ވިއްކަން ހުރީ 12 ރުފިޔާއަށެވެ.

އޮރެންޖްގެ އިތުރުން ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއް ވިއްކަމުން ދިޔަ އަގު ވެސް ވަނީ ބޮޑުވެފައެވެ. އެ ގޮތުން 20 ރުފިޔާއަށް ވިއްކަމުން ދިޔަ ކަރާގެ އަގު މި ވަނީ 25 އަށް އުފުލިފައެވެ. ހަމައެއާއެކު ރޯދަ މަސް ފެށުނު އިރު 80 ރުފިޔާއަށް ފެޝަން ފްރުޓް ކިލޯއެއް ލިބެން ހުރި އިރު މިހާރު އޭގެ އަގު ހުރީ 120 ރުފިޔާއަށް އުފުލިފައެވެ.

މައުޟޫޢުތަށް