މަރާލާފައިވާ ގާސިމްގެ އާއިލާއަށް ނުގުޅަން، ކުށް ސާބިތުވި އަދުހަމް އަށް ހައިކޯޓުން އަންގައިފި
ދަޕްރެސް
24 ފެބްރުއަރީ 2026 | އަންގާރަ | 3:06
ހުޅުމާލޭގައި ވަޅިން ހަމަލަދީ، ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހީމް މަރާލި ކަމުގެ ކުށް ސާބިތުވި އަދުހަމް މުހައްމަދު ފަރާތުން، ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކަށް ގުޅަން މަސައްކަތް ނުކުރުމަށް ޝަރީއަތުން އަންގައިފިއެވެ.
އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން ޑިސެމްބަރު 4، 2019 ގައެވެ.
ހައިކޯޓުގައި މިހާރު ހިނގަމުންދާ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި ދައުލަތުގެ ވަކީލުންވަނީ ގާސިމްގެ އާއިލާއާ ހަވާލާދީ، އަދުހަމް އާއި ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ. އަދި އަދުހަމްގެ ވަކީލުން ގާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކުރާ ކަމަށާއި، އެކަން ނުކުރަން އާއިލާއިން އެދޭ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. އެހެންކަމުން ޝަރީއަތުންވަނީ އަދުހަމްގެ ފަރާތުން އެކަން ނުކުރުމަށް އަންގާފައެވެ.