އައްޑޫގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ރައްކާތެރިވުމަށް އެދިއްޖެ
ދަޕްރެސް
24 ފެބްރުއަރީ 2026 | އަންގާރަ | 2:21
އައްޑޫ ސިޓީގައި ޑެންގޫ ހުން ފެތުރުން އިތުރުވަމުން ދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.
އޭއީއެޗް އިން ބުނީ މި ވަގުތު އެންމެ ގިނައިން ޑެންގީ ކޭސްތައް ފެންނަނީ ހިތަދޫ އާއި ފޭދޫން ކަމަށެވެ. އެގޮތުން ފޭދޫގައި ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި މި އަހަރުގެ މިހާތަނަށް ޑެންގޫގެ 99 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެ ގޮތުން ޖެނުއަރީ މަހު 51 ކޭސް ރިޕޯޓުކޮށްފައި ވާއިރު މި މަހު މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައިވެއެވެ.