ލޯކަލް ކައުންސިލް އިންތިހާބު: 26,000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީކޮށްފި

ދަޕްރެސް

24 ފެބްރުއަރީ 2026 | އަންގާރަ | 5:28

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 26,000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީކޮށްފިއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލުމަށް 26,454 މީހުން ރީ-ރަޖިސްޓަރީކޮށްފައިވާކަމަށެވެ.

މި އިންތިހާބުގައި ރިސޯޓުތަކާއީ ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާކަން ފާހަގަކޮށް އީސީން ބުނީ މި އިންތިހާބުގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުން ކަމަށެވެ. އަދި ސިނާއީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި މި އަދަދަށް ރަޖިސްޓަރީކޮށްފައިނުވާކަމަށް އީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް