ވެމްކޯގެ ސައިޓް ތެރޭ ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި
ދަޕްރެސް
24 ފެބްރުއަރީ 2026 | އަންގާރަ | 10:18
މާލެގެ ވެމްކޯ ސައިޓްގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެ ތަނުގެ މުވައްޒަފަކަށް ބޮޑެތި އަނިިޔާތަކެއް ލިބިފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ަމއްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.