ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
ދަޕްރެސް
25 ފެބްރުއަރީ 2026 | ބުދަ | 9:07
މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރާ ރޭ ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 1:30 އެހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ފިރިހެންމީހާ އާއި ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް އަނިޔާވެގެން ހޮޮސްޕިޓަލަށް ގެންދިޔަ ކަމަށާއި 16 އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.