ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ: މެޓް އޮފީސް
ދަޕްރެސް
25 ފެބްރުއަރީ 2026 | ބުދަ | 2:11
ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް މިއަދު ކުރާނެ ކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދުންފުހުގެ މިހާރު އަސަރު ކުރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުމާ ބެހޭ ރިޕޯޓްތަކަށް ބަލާއިރު އުތުރުގެ ރަށްތަކަށް ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓްކުރާ ކަމަށް އެ އިދާރާއިން ބުނެއެވެ.